ދިވެހިރާއްޖެ
ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތު ކުރުން
މި މަދަރުސާގެ ނަންބަރު GS160/2016/040ފ(31 ޖަނަވަރީ 2016) އިޢުލާނުން ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކުރުމަށް ކުރި އިޢުލާނަށް، ބިޑްތަކާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން މިނިސްޓްރީގެ ނަންބަރު MSG)22-G/GS-160/2016/6)ފ(24 ފެބުރުވަރީ 2016) މެސެޖުން މި އިޢުލާން ބާޠިލުކުރެއްވުމާ ގުޅިގެން، އަލުން އަމިއްލަ ތަކެތީގައި ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް އިޢުލާންކުރީމެވެ.
ވީމާ، ތިރީގައި މިދަންނަވާ ގަޑިތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
08 މާރިޗު 2016 |
13:15 |
އދ. ދިގުރަށު މަދަރުސާ |
އަންދާސީހިސާބު ހުށަހެޅުން |
14 މާރިޗު 2016 |
13:15 |
އދ. ދިގުރަށު މަދަރުސާ |
އަދި، ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.