ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ.ސީ.ޓީވީ ޕްރޮޖެކްޓާގުޅޭ

ސީ ސީ ޓީވީ ޕްރޮޖެކްޓާ ގުޅިގެން ހަދާފައިވާ ކެމެރާ ޕޯސްޓްތުގައި 6ފޫޓްގެ ބައެއް ގުޅަން ބޭނުންވާތީ، ތީގައިވާ މަޢުލޫމާތާއި އެއްގޮތައް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9 ނޮވެމްބަރ 2026ވާ ހޯމަ ދުވަހުގެ 11.00އަށް މިއިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ 6780034 މިނަމްބަރަށް ގުޅުއްވުން އެދެމެވެ.

މައިގަނޑު މަސައްކަތްތައް:

 

  • މިހާރު ހަރުކޮށްފައިވާ 17 ކެމެރާ ޕޯސްޓްތައް ނަގައި 6ފޫޓް ދިގު، 3އިންޗީގެ ހޮޅިބުރިއެއް ވެލްޑަން ކޮށްގެން ގުޅުން ( މަތިން އެލްޝޭޕް ވާގޮތައް )
  • ހޮޅިތަކުގެ ކޮޅުބެއްދުން، އަދި ކޭބަލް ލެއްވުމަށް ހޯލްކުރުން އަދި ރެޑްއޮކްސައިޑް ލުމަށްފަހު، ކަޅު ދާވާދުލުން ( ދަގަނޑަށް ޚާއްސަ ދަވާދެއް)
  • ވެލްޑަންކުރާ ހުރިހާ ޕޮއިންޓެއް ރަގަޅަށް ބެއްދުން އަދި ގްރާންޑަރކޮށް ފިނިޝިން ރީތިކުރުން
  • 17 ޕޯސްޓް ހެދުމަށްފަހު އަލުން ހަރުކުރުން އަދި ކޭބަލްތައް ލެއްވުން. މި މަސައްކަތް ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
05 ނޮވެންބަރު 2026
ހޯދާ