ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ނީލަންކިޔުން

 

ރަށުގެ އުތުރުކޮޅު ބޯޅަދަނޑުގެ އުތުރު ސަރަހައްދުން ކަނޑާފައިވާ ފިތުރޯން ގަހުގެ ބައިތައް ނީލަން ކިޔުން 2026 ނޮވެންބަރު 16 ވާ ހޯމަ ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ.ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަންކިޔާ ތަކެތި ބަލާލުމަށް ބޭނުންވާނަމަ 2026 ނޮވެންބަރު 16 ވާ ހޯމަ ދުވަހު 12:00އަށް ކައުންސިލްއިދާރާއަށް ދުރުވުން އެދެމެވެ.

 ނީލަމުން ނަގާ ތަކެތި ގެންދެވޭނީ ނީލަމުން ނަގާ ތަކެތީގެ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން، 2026 ނޮވެންބަރު 16 އިން 2026 ނޮވެންބަރު 19 ވަނަދުވަހުގެ 9:00 ން 12:00 ނިޔަލަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަވަންވާނެއެވެ.

އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ނީލަމުން ނެގި ތަކެއްޗަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ތަކެތީގެ" ޖުމްލަ އަގަށްވާ ފައިސާގެ 50 އިންސައްތަ ދައްކަވަންޖެހޭނެއެވެ.

 

ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތީގެ މައުލޫމާތު (ނަންބަރު ޖަހާފައިވާނީ ނޫކުލައިން)

 

  • ފިތުރޯން ގަސްބުރި – އުތުރު ބޯޅަދަނޑު އުތުރު، (1،2،3،4،5،6،7،8،9،10،11،12،13،14،15،16،17،18،19،20،21،22،23،24،25،26،27،28،29،30 )
  • ހިތިގަސްބުރި - އުތުރު ބޯޅަދަނޑު އުތުރު، (1،2،3،4،)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

05 ނޮވެންބަރު 2026
ހޯދާ