ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ދަނޑުބިން ދަނޑުވެރިކަން ކުރުމަށް ކުއްޔަށްދޫކުރުން

އިޢުލާން

 

އަންހެނުންގެ ދަނޑުބިން ދަނޑުވެރިކަން ކުރުމަށް ކުއްޔަށްދޫކުރުން

 

                  ކުރިން އ. ކޮމިޓީން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ 146x95 ފޫޓުގެ ދަނޑުބިން، ދަނޑުވެރިކަން ކުރުމަށް 06 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށްވަނީ ނިންމާފައެވެ.

 

                  ވީމާ، މި ބިން ކުއްޔަށް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރު 05 ވަނަ ދުވަހުން ފެށިގެން 2026 ނޮވެމްބަރު 12 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައި ގަންނަވާނެއެވެ.  ބީލަންފޮތް ވިއްކާ އަގަކީ -/150ރ (އެއްސަތެކަ ފަންސާސް ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.

ބީލަން ވިއްކުން

2026 ނޮވެމްބަރު 12 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް މީޓިން

2026 ނޮވެމްބަރު 12 ވަނަ ދުވަހު 13:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން

2026 ނޮވެމްބަރު 18 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

 

                  25 ޖުމާދަލްއޫލާ 1448

                  05 ނޮވެމްބަރު 2026 

05 ނޮވެންބަރު 2026
ހޯދާ