މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ބަނދަރުން ވަގުތީ ކުލީބިން ދޫކުރުމަށް ކުރެވުނު ނަންބަރ (IUL)309-AHI/309/2026/95 އިޢުލާނުގެ އަންދާސީ ޙިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ތެލުގެ ވިޔަފާރި ކުރުމަށް ބަނދަރުން ވަގުތީ ކުލީބިން ދޫކުރުމަށް ކުރެވުނު ނަންބަރ (IUL)309-AHI/309/2026/95 (29 އޮކްޓޫބަރު 2026)  އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީ ދެންނެވިފައިވާ އިޢުލާނުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

 

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

 24 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އިނގުރައިދޫ ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

 

 

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯނު ނަންބަރު: 6580028

އީ-މެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

04 ނޮވެންބަރު 2026
ހޯދާ