ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ކޯޓު އެޑްމިނިސްޓްރޭޝަން

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

 ޑިރެކްޓަރ، ކޯޓު އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

ޖޮބް މެޓްރިކްސް

 ކޯޓް އެޑްމިނިސްޓްރޭޝަން މެނޭޖަރުން

ޖޮބްފެމިލީ

 ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް  ސަރވިސް

މިސްކޯ ކޯޑު:

 1219

މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 9

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ކޯޓު

ސެކްޝަން:

-

މުސާރަ:

 -/17,500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް: -/9020 ރުފިޔާ
  • ޙާޟިރީ ޢިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/260 ރުފިޔާ
  • ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/210 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މީޑިއޭޝަން އެންޑް ރިކޮންސިލިއޭޝަން މަސައްކަތްތައް ފުޅާކޮށް، ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްޤާޟީގެ ލަފާފުޅާއެކު ކުރިއަށް ގެންދިއުން.
  2. ޒިންމާދާރުކަމާއެކު، ޖަވާބުދާރީވެވޭ ގޮތެއްގައި އާއިލީ މައްސަލަތައް ޞުލްޙަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  3. ޞުލްޙަކުރުމުގެ މަސައްކަތް ކުރިއަށްދާނެގޮތް، ޞުލްޙަބަޔަށް ހާޒިރުކުރެވޭ ފަރާތްތަކަށް އަންގައިދީ، ޞުލްޙައަށް އަންނަ ފަރާތްތަކުގެ މެދުގައި ހުރި މައްސަލަތައް ދެނެގަތުމުގައި އެފަރާތްތަކާ އެއްކޮށް ނުވަތަ ވަކިވަކީން ބައްދަލުކޮށް ޞުލްޙަ ހިންގުން.
  4. ފާހަގަކުރެވިފައިވާ މައްސަލަތައް ޞުލްޙަވެރި އެއްބަސްވުމަކާއި ހަމައަށް އާދެވެންދެން އިތުރު ބައްދަލުވުންތައް ހަމަޖެހިފައިވާ ގޮތުގެ މަތިން ބޭއްވުން.
  5. މައްސަލައަކާއި ގުޅިގެން އަންނަ ދެމަފިރިންގެ މާލީ ކަންތައްތަކާއިމެދު އެއްބަސްވުމެއް ވެވިފައިވާނަމަ، އެކަމާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދުން.
  6. ކުއްޖާ ދިރިއުޅޭނެ ތަނަކާއި، ކުއްޖާގެ މިލްކިއްޔާތުގައިވާ ބިން އަދި މުދާ ފަދަ ކަންކަމާއިމެދު މަޝްވަރާކުރުން.
  7. މައްސަލަތައް ހައްލުކުރުމުގައި އެމައްސަލައެއް ހައްލުވާންހުރި ހުރިހާ މަގުތަކެއް ހޯދައި، އެކަންތަކުގެ މައްޗަށް ބިނާކޮށް، އެންމެފައިދާ ކުރަނިވި ރަނގަޅު ނިންމުމަކާއި ހަމައަށް ދިއުމަށް ޞުލްޙަބައިން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެހީތެރިވެދިނުން.
  8. ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކަކީ، އެފަރާތްތަކުގެ މެދުގައި ހުރި މައްސަލަތައް ރަނގަޅަށް ދެނެގަނެ، ވަކިފަރާތަކަށް ބުރަނުވެ، ހުރިހާ ފަރާތެއްވެސް ހަމަހަމަވާ ގޮތެއްގެ މަތިން ބޭއްވޭ މަޝްވަރާތަކަކަށް ހެދުން.
  9. މީޑިއޭޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ބަލަހައްޓާ، ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުން.
  10. ޞުލްޙަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާއި، މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި އެއްބަސްވެވޭ ކަންކަމުގެ ޚުލާސާ ލިޔުމުން ތައްޔާރުކުރުން.
  11. ބައްދަލުވުމަށް ފަހުގައިވެސް މީޑިއޭޝަންއިން ޞުލްޙަވެރި އެއްބަސްވުމަކާއި ހަމައަށް އައުމަށް ނުކުޅެދިއްޖެ ހިނދެއްގައި އެކަން ދެނެގަތުން.
  12. އާއިލީ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބައްދަލުވުންތައް ބާއްވާ ޞުލްޙައަށް ހުށާހެޅިފައިވާ މައްސަލަތަކުގެ ޚުލާސާ އެފަރާތަށް އެރުވުން.
  13. އާއިލީ މައްސަލަތައް ހައްލުކުރުމުގެ ޚިދުމަތްދިނުމުގައި ހުރި ދަތިތައް ދެނެގަނެ، މިޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އެހީތެރިކަން އިސްޤާޟީއަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
  14. ސެކްޝަނުގެ އިދާރީކަންތައްތައް މޮނިޓަރކުރުމާއި، ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުން މަސައްކަތް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތް އެޕްރެއިޒްކުރުން.
  15. ކޯޓުންދޭންޖެހޭ ޚިދުމަތް ދިނުމުގައި، ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެންނަމަވެސް ހާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުންގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1-    މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ  މަސައްކަތާއި ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ،

2-    މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރޭގައި މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3-      މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާތައް

އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް  / ޝަރީޢާ/ ޝަރީޢާ އެންޑް ލޯ / ޕަބްލިކް އެޑްމިނިސްޓްރޭޝަން  / ޖުޑީޝަލް ސައިންސް / ހިއުމަން ރިސޯސް / މެނޭޖްމަންޓް

މަސައްކަތު ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް

އެޑްމިނިސްޓްރޭޝަނާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތައް

 

ޕްރިފަރޑް ޑިސިޕްލިންތައް:

އެޑްމިނިސްޓްރޭޝަން،ބިޒްނަސް އެޑްމިނިސްޓްރޭޝަން،ބިޒްނަސް މެނޭޖްމަންޓް،ހިއުމަން ރިސޯސް މެނޭޖްމަންޓް ،  ޝަރީޢާ،ޝަރީޢާ އެންޑް ލޯ، ޕަބްލިކް އެޑްމިނިސްޓްރޭޝަން،ޖުޑީޝަލް ސައިންސް،ހިއުމަން ރިސޯސް ،މެނޭޖްމަންޓް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

އެޑްމިނިސްޓްރޭޝަން،ބިޒްނަސް އެޑްމިނިސްޓްރޭޝަން،ބިޒްނަސް މެނޭޖްމަންޓް،ހިއުމަން ރިސޯސް މެނޭޖްމަންޓް ، ޝަރީޢާ، ޝަރީޢާ އެންޑް ލޯ، ޕަބްލިކް އެޑްމިނިސްޓްރޭޝަން،ޖުޑީޝަލް ސައިންސް،ހިއުމަން ރިސޯސް، މެނޭޖްމަންޓް

 

ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި އިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 18 ނޮވެންބަރު 2026 ން 16 ޑިސެންބަރު 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 

04 ނޮވެންބަރު 2026
ހޯދާ