މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާއިބެހޭ

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 ވީމާ، އުމުރުން 18 އަހަރުން މަތީގެ ރަށުގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ ދެޖިންސްގެ ބޭފުޅުންނާއި، ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ބޭފުޅުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެކުރިން " ކުނިގޮނޑު ސާފުކޮށް ބަލަހައްޓައި ދިނުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ ގޫގަލް ފޯމް ފުރުއްވުން އެދެމެވެ. މިފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް ޢާއްމުކުރީމެވެ.  

ގޫގަލް ފޯމް ލިންކް: https://forms.gle/JUP19EZQ4FMEEE8w7

 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ނޮވެންބަރު 2026
ހޯދާ