މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާއިބެހޭ

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 ވީމާ، ޢުމުރުން 18 އަހަރުން މަތީގެ ރަށުގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ ދެޖިންސްގެ ބޭފުޅުންނާއި، ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ބޭފުޅުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެކުރިން " އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައި ދިނުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ އޮންލައިން ގޫގަލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މިފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް ޢާއްމުކުރީމެވެ.  

 ގޫގަލް ފޯމް ލިންކް: https://forms.gle/3sc3gtRqkyt1B3s79

 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ނޮވެންބަރު 2026
ހޯދާ