ދިވެހިރާއްޖެ
" ބ.ހިތާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް ރައްޔިތުންގެ ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޚިޔާލު ހުށައަޅުއްވަން ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް ޚިޔާލު ހުށައެޅުއްވުން އެދެމެވެ. ލިންކް މެދުވެރިކޮށް ހުށައަޅަން ދަތިވާ ބޭފުޅުންނަށް މި އިދާރާއިން، ތައްޔާރުކޮށްފައިވާ ފޯމް ހުށައެޅޭނެއެވެ. ފޯމް އިޢުލާނާއެކު ގެޒެޓު ކުރެވިފައިވާނެއެވެ. އަދި ރަސްމީ ގަޑީގައި މި އިދާރާއިންވެސް ފޯމް ލިބެން ހުންނާނެއެވެ. މި އުސޫލަށް ޚިޔާލު ހުށައަޅުއްވަން ބޭނުންވާ ފަރާތްތަކުން، 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޚިޔާލު ހުށައެޅުއްވުމަށް ދަންނަވަމެވެ.
|
ލިންކް:
|
ބ . ހިތާދޫން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލަށް ރައްޔިތުންގެ ޚިޔާލު ހުށައެޅުން – Fill out form
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
