ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރިކަވެރިން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

      ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ތަރިކައިގެ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ތަރިކަވެރީން އުފެއްދުމުގެ މަސައްކަތް ރަށު ކައުންސިލްތަކާ ގުޅިގެން މިހާރު ވަނީ ފެށިފައެވެ.

      މި މަޝްރޫޢު އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން، އެމް.ކިއު.އޭ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ޚާއްޞަ ކޯހެއް ފެށުމަށް މިވަނީ ހަމަޖެހިފައެވެ.

      މި ކޯހުގައި ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައް ކަމުގައިވާ:

  • ދިވެހިންގެ ހަނދާންތައް އެއްކުރުން
  • ރަށްވެހި އާސާރު އުފެއްދުން އަދި އެކަންކަމަށް އަހުލުވެރިކުރުވުން
    ހިމެނޭހެން ޚާއްޞަ މޮޑިއުލްތަކެއް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

      މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2027 ގައެވެ. އަދި މި އިންޓޭކުގައި ކުމުންދޫއިން 03 (ތިނެއް) ބައިވެރިންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

     ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

 

އޮންލައިން ފޯމުގެ ލިންކު: https://forms.gle/ArUMkegqDrBL3yhv8

 

04 ނޮވެންބަރު 2026
ހޯދާ