ދިވެހިރާއްޖެ
އިޢުލާން
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހިންގާ ތަރިކަ ކޯހާއި ގުޅޭ
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫޢުގެ ދަށުން ހިންގޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހީންގެ ހަނދާންތައް އެއްކުރުމަކީ ޤައުމީ މަޝްރޫޢެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. މި މަޝްރޫޢުގެ މަޤްޞަދު ޙާސިލްކުރެއްވުމަށްޓަކައި، ތަރިކައިގެ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ތަރިކަވެރިން އުފެއްދުމުގެ މަސައްކަތް، ރަށު ކައުންސިލްތަކާއި ގުޅިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ. މި މަޝްރޫޢު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދިވެހި ރާއަޖޭގެ އިސްލާމީ ޔުނިވާރސިޓީއާއި ގުޅިގެން ކޯހެއް ފަރުމާކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ސެޓްފިކެޓް ލެވެލް 3 ގެ އެމް.ކިއު.އޭ، އެކްރެޑިޓް ކުރެވިފައިވާ ކޯހަކަށް މިކޯސް ހެދުމަކީ އަމާޒެކެވެ. އެގޮތުން، ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައް ކަމަށްވާ ދިވެހީންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރުވޭ މޮޑިޔުލްތައް މިކޯހުގައި ހިމެނިގެންދާނެއެވެ. އަންނަ ޖެނުއަރީ 2027 އިންޓޭކަށް މިކޯސް ފެށުމަށް ގަސްތުކުރެވިފައި ވާއިރު، މިކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިކައުންސިލް އިދާރާއަށް ތިރީގައިވާ މަޢުލޫމާތު ފޮނުއްވުން އެދެމެވެ.
v ނަން (އައި.ޑީ ކާޑުގައި ވާގޮތަށް)
v ދާއިމީ އަދި މިހާރު އުޅޭ އެޑްރެސް
v އައި.ޑީ ކާޑު ކޮޕީ
v އީމެއިލް
v ގުޅޭނެ މޯބައިލް ނަންބަރު
މިރަށަށް ލިބިފައިވަނީ ޖުމުލަ 5 ޖާގައެވެ. ޖާގަދިނުމުގައި އިސްކަން ދެވޭނީ އެންމެ ފުރަތަމަ ލިސްޓުކުރާ 5 މީހުންނަށެވެ. މިކޯހާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަމްޖަދު (7531619) އާއިއެވެ. ކައުންސިލް އިދާރާއިން މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ހަސަން މުލްހަމް (7766745) އާއިއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
24 ޖުމާދަލްއޫލާ 1448
