އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ ޕޮލިސްޓޭޝަނުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހިތަދޫ ބްރާންޗާ ހަމައަށް އެ މަގުގެ މޫދާވީ ފަޅީގައި އަޅާފައިވާ އުޅަނދުތަކާއި އެހެލާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ

އިޢުލާން

ހިތަދޫ ޕޮލިސްޓޭޝަނުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހިތަދޫ ބްރާންޗާ ހަމައަށް އެ މަގުގެ މޫދާވީ ފަޅީގައި އަޅާފައިވާ އުޅަނދުތަކާއި އެހެލާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ

          ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުގައި ޕްރޮޖެކްޓް މަސައްކަތެއް ކުރުމަށްޓަކައި، ހިތަދޫ ޕޮލިސްޓޭޝަނުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހިތަދޫ ބްރާންޗާ ހަމައަށް އެ މަގުގެ މޫދާވީ ފަޅީގައި އަޅާފައިވާ އުޅަނދުތަކާއި އެހެލާފައިވާ އުޅަނދުތައް ނަގައި، އެ ސަރަޙައްދު ސާފުކުރުމަށް ބޭނުންވެއެވެ.

          ވީމާ، އެ ސަރަޙައްދުގައި އަޅާފައިވާ އަދި އެހެލާފައިވާ އެންމެހައި އުޅަނދުތަކުގެ ވެރިފަރާތްތަކުން، މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި އެތަކެތި އެ ސަރަޙައްދުން ނަންގަވައި، ސަރަޙައްދު ސާފުކޮށް ނިންމެވުމަށް ދެންނެވީމެވެ.

          މި އިޢުލާނުގައި ދެވިފައިވާ މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ އުޅަނދުތަކަކީ ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެތަކެތި އެ ސަރަޙައްދުން ނެގުމުގެ މަސައްކަތް މި އޮފީހުގެ ފަރާތުން ކުރިއަށް ގެންދާނެއެވެ. އަދި މިގޮތަށް އޮފީހުގެ ފަރާތުން ތަކެތި ނަގާއިރު، އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މި އޮފީހުން ޒިންމާ ނުވާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                           24 ޖުމާދަލް އޫލާ 1448ހ.

                                           04 ނޮވެމްބަރ 2026މ.

 

04 ނޮވެންބަރު 2026
ހޯދާ