އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޢިމާރާތްކުރުމުގެ ޤާނުނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންގުން

އިޢުލާން

ޢިމާރާތްކުރުމުގެ ޤާނުނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންގުން

               އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށްދާ އަދި ކުރިއަށް ރޭވޭ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކަކީ ސަލާމަތީގޮތުންނާއި ފެންވަރުގެ ގޮތުން ރައްކާތެރި، އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފެތޭ މަސައްކަތްތައްކަން ކަށަވަރުކުރުމަކީ މި ކައުންސިލްގެ މުހިންމު އަމާޒެކެވެ.

               ވީމާ، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގާނޫނާއި ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ޤަވާއިދު ނަންބަރު: 1002-2019) އާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތިރީގައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހައި ފަރާތްތަކަށް އަންގާ ހަނދާންކޮށްދެމެވެ:

  • އިމާރާތްކުރުމުގެ ހުއްދަ ހޯދުން: އައްޑޫ ސިޓީ ކައުންސިލުން ދޫކުރާ އިމާރާތްކުރުމުގެ ސައްހަ ހުއްދައެއް ނެތި އެއްވެސް އަމަލީ މަސައްކަތެއް ފަށައިގެން ނުވާނެއެވެ. އަދި މި ހުއްދައިގެ ކޮޕީއެއް ޢިމާރާތް ކުރެވޭ ސައިޓުގެ ބޭރުގައި ފެންނާނެހެން ތަތްކޮށްފައި ބަހައްޓަން ވާނެއެވެ.
  • ޢިމާރާތްކުރުމުގެ ޤާނުނުތަކާއި ޤަވާއިދުތަކަށް ތަބާވުން: އިމާރާތުގެ ސްޓްރަކްޗަރަލް، ކުރެހުންތައް އަދި ބޭނުންކުރާ ސާމާނު ހުންނަންވާނީ ޢިމާރާތްކުރުމުގެ ޤާނުނުތަކާއި ޤަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.
  • ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން: މަސައްކަތްކުރާ ސައިޓުގައި މަސައްކަތްތެރިންނާއި ހިނގާބިނގާވެ އުޅޭ އާންމުންގެ ސަލާމަތަށް ބޭނުންވާ ފެންސު ޖެހުމާއި، ސޭފްޓީ ނެޓް ދެމުން އަދި މުދަލަށް ގެއްލުން ނުވާނެ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރަންވާނެއެވެ.
  • މަސައްކަތް ބެލެހެއްޓުން: ކޮންމެ އިމާރާތްކުރުމުގެ ސައިޓެއްގައިވެސް ރަޖިސްޓްރީވެފައިވާ ސުޕަވައިޒަރަކު ނުވަތަ އިންޖިނޭރަކު މަސައްކަތް ހިނގާގޮތް ބަލަމުންދާންވާނެއެވެ.

               މި އެންގުމާ ހިލާފަށް ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ޤަވާއިދު ނަންބަރު: 1002-2019) ގެ މިންގަނޑުތަކާ ނުބައްދަލުކޮށް ކުރިއަށްދާ މަސައްކަތްތައް ހުއްޓުވުމާއި، އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

އައްޑޫ ސިޓީގެ އިމާރާތްކުރުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެންމެހައި ރައްޔިތުންނާއި މަސައްކަތްކުރާ އަދި ކުރުވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

                                                24 ޖުމާދަލް އޫލާ 1448ހ.

                                                04 ނޮވެމްބަރ 2026މ.

 

 

 

 

 

04 ނޮވެންބަރު 2026
ހޯދާ