ދިވެހިރާއްޖެ
"ތަރިކަވެރިން" އުފެއްދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހީންގެ ހަނދާންތައް އެއްކުރުމަކީ ޤައުމީ މަޝްރޫއެއްކަމުގައިވަނީ ކަނޑައަޅުއްވާފައެވެ. މި މަޝްރޫއުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ގުޅިގެން ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ އެމް.ކިއު.އޭ، އެކްރެޑިޓް ކުރެވިފައިވާ ކޯހެއް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައްކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރެވޭ މޮޑިއުލްތައް ހިމެނިގެންދާނެއެވެ. މި ކޯސް ފެށުމަށް ގަސްތުކުރެވިފައިވަނީ އަންނަ ޖެނުއަރީ 2027 އިންޓޭކްގައެވެ. މި ކޯހުގައި ކާށިދޫގެ 05 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މި ކޯހުގައި ބައިވެރިވާން ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލްފޯމް ލިންކް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.
ގޫގުލްފޯމް ލިންކް: https://forms.gle/BVUDPMTczUZaHpEUA
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
