ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2026 ބައި ގައްދޫ ޑަބް.ލިއު.ޑީ.ސީ" ކުރިއަށްދާ މުއްދަތުގައި ގައްދޫ ފުޓްސަލް ދަނޑު ސަރަޙައްދުން މޭޒުތައް ކުއްޔަށް ދޫކުރުމާގުޅޭ.

 

2026 ނޮވެމްބަރު 16 އިން 25 އަށް ގދ. ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވިމެންސް ހޭންޑްބޯލް ޓޯރނަމެންޓް 2026 - ބައި ގައްދޫ ޑަބް.ލިއު.ޑީ.ސީ" ކުރިޔަށްދާ މުއްދަތުގައި ގައްދޫ ފުޓްސެލް ދަނޑުގެ ވަށައިގެންވާ ސަރަޙާއްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މޭޒުގެ އަދަދު: 2
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ ބޮޑުމިން: 10'×'10
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަގު (ފެށޭ އަގު) : ދުވާލަކަށް -/200ރ (ދުއިސައްތަ ރުފިޔާ)

ކުއްޔަށް ދޫކުރާ މޭޒުތަކަށް ބޭނުންވާ ކަރަންޓު އަދި ކަރަންޓު ނެގުމަށް ބޭނުންވާ ކަރަންޓް އެކްސްޓެންޝަން ބޯޑް ފަދަ ތަކެތި ހޯދުމަކީ މޭޒު ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޢަދަދަށްވުރެ އިތުރަށް ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާނަމަ މޭޒުތައް ދޫކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ. އަދި އެއް އަގެއް ހުށަހަޅާފައިވާ ފަރާތްތަކެއްވާނަމަ މޭޒު ލިބޭ ފަރާތެއް ހޮވޭނީ ޤުރުއަތުންނެވެ.

ވީމާ، މިކަމަށް ބޭނުންވާ ފަރާތްތަކުން 2026 ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ. 

04 ނޮވެންބަރު 2026
ހޯދާ