ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 7/2010( ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ " ކައުންސިލްތަކުން ވިޔަފާރިކުރުން " ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ގއ. ވިލިނގިލީ ކައުންސިލް ލޯކަލް އޮތޯރިޓީ ކުންފުނީގެ" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބޯޑުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
# |
މަޤާމް |
ޢަދަދު |
|
1 |
އެގްޒެކްޓިވް ޑިރެކްޓަރ (މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ) |
1 |
|
2 |
މިނިވަން ޑިރެކްޓަރ |
1 |
ގއ. ވިލިނގިލީ ކައުންސިލް ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރ: R-49/2021) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ގއ. ވިލިނގިލީ ކައުންސިލް ލޯކަލް އޮތޯރިޓީގެ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، މިކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓް ލިސްޓް ކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް މިކައުންސިލްގެ ބައްދަލްވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.
"ގއ. ވިލިނގިލީ ކައުންސިލް ލޯކަލް އޮތޯރިޓީ ކުންފުނި" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުޠުތައް:
|
# |
އެގްޒެކްޓިވް ޑިރެކްޓަރ (އެމްޑީ) |
މިނިވަން ޑިރެކްޓަރ |
|
ޝަރުތުތައް |
(ހ) އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން. |
(ހ) އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން. |
|
(ށ) ބުއްދި ސަލާމަތުން ހުރުން |
(ށ) ބުއްދި ސަލާމަތުން ހުރުން |
|
|
(ނ) ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެވޭ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ތަމްރީނު ފުރިހަމަކުރުން |

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. |
(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. |
|
|
(ބ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު ޢަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. |

(ޅ) މިމާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވައްކަމާއި، ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. |
(ޅ) މިމާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވައްކަމާއި، ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. |
|
|
(ކ) މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
(ކ) މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
|
(އ) އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. |
(އ) ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢާތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. |
|
|
(ވ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްޢޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތް ކަމުގައިވުން. |
(ވ) ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން. |
|
|
(މ) ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢާތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. |
(މ) ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން. |