ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދަޢުވަތު
އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައވާ " އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 " ޒޯން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު އަދި ރަށު ޓީމް ކުޅޭ ދުވަސްތަކުގައި ސައި ނުވަތަ ކެއުން ހަމަޖައްސައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޟަތު ހުޅުވާލަމެވެ.
|
މުބާރާތުގެ މުއްދަތު |
14 ނޮވެމްބަރު 2026 ން 28 ނޮވެމްބަރު 2026 ށް ( 15 ދުވަސް ) |
- މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެކު ޢާއްމުކުރެވިފައިވާ ނަންބަރު: 335/QTN/2026/87 އަގުބަލާފޯމް 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:15 އަށް މިއިދާރާ އަށް ދުރުވެ، އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ތިރީގައި އެވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.
ކޯޓޭޝަން
ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމުގައި ވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
