ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދަޢުވަތު
އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައވާ " އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 " މުބާރާތުގެ ޒޯން މެޗްތައް މިރަށުގައި ހޯސްޓުކުރުމަށް ނިންމާފައިވާތީ، މުބާރާތުގެ މެޗްތައް ކުޅުމަށް ދުރުވާ ޓީމްތަކަށާއި، މުބާރާތުގެ ކަންކަން އިންތިޒާމްކުރުމަށް ކައުންސިލްގެ ބޭނުންތަކަށް ދުރުވާ ފަރާތްތަކަށާއި، އެފް.އޭ.އެމް އޮފިޝަލުން އަދި ރެފްރީންގެ ހުރުން ހަމަޖައްސައިދޭނެ ފަރާތްތަށް މިފުރުޟަތު ހުޅުވާލަމެވެ.
|
މުބާރާތުގެ މުއްދަތު |
14 ނޮވެމްބަރު 2026 ން 28 ނޮވެމްބަރު 2026 ށް ( 15 ދުވަސް ) |
- މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާ އަށް ދުރުވެ، އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ތިރީގައި އެވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.
ކޯޓޭޝަން ( ކޯޓޭޝަންގައި ކޮޓަރި ލިބެންހުރި އަދަދު ޖެއްސެވުމަށް )
ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމުގައި ވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
