މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރާނެ އިމާމުން ގެނެސްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ އިމާމުން ގެނެސްދޭނެ ފަރާތެއް ހޯދުން

1437ވަނަ އަހަރުގެ ރަމަޟާންމަހު ށ. އަތޮޅުގެ 10 ރަށެއްގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ އިމާމުން ރާއްޖޭން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL)227-GA/227/2016/3)ފ(11 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް އިމާމުން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 06 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 09 ވަނަ ދުވަހުގެ 13:30 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6540025 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ