ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރުމާއި ގުޅޭ.

ވޭމަންޑޫ ކައުންސިލުން، ވޭމަންޑޫގެ އިޖުތިމާޢީ ސަރަޙައްދުތަކާއި އަވަށްބޭރު ބައެއް މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު، އެކަމަށް އެދި ހުށަހަޅާފޯމް ފުރިހަމަކޮށް 19 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ހުށަހެޅުން އެދެމެވެ.

އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތައް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމް 05 ނޮވެމްބަރު 2026 ދުވަހުން ފެށިގެން މިކައުންސިލުން ލިބެންހުންނާނެ ވާހަކަ ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2026
ހޯދާ