ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޝަހީދު ޖަވާދު ބަގީޗާގެ ހަޓް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 11 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. (ގޫގަލް ފޯމް ލިންކް:https://forms.gle/VPDmybsdQ1RrE4pJA ) . މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވުމަށް -/100 ރުފިޔާ ( ސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. • އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ހުށަހެޅޭނީ މަހަކަށް -/500 ރުފިޔާ ( ފަސް ސަތޭކަ ރުފިޔާ ) އެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުގެ ފައިސާ ބަލައިގަންނާނީ ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، މިއިދާރާގެ ނަންބަރު 7725700487001 އެކައުންޓަށް ޓްރާންސްފަރަކޮށްގެންނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހު 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.
މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހު 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ
