ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި 25 ރުއް ވިއްކާލުން

ސުކޫލުގެ ގޯއްޗަށް އަލަށް އިތުރުކުރި ބިމުގައި ހުރި ރުއްތަށް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ.
މި ރުއްތަކަކީ އެ ބިން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ހައިމާކު (އެކްސްކަވޭޓަރު) ބޭނުންކޮށްގެން ބިންދާ ކުދިކުރެވިފައިވާ ރުއްތަކެކެވެ.

 

މި ރުއްތައް ގަންނަން ބޭނުންވާ ފަރާތްތަކުން 2026 ނޮވެންބަރ 08 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަގު އެނގޭނެގޮތަށް ސިޓީއެއް ހިފައިގެން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ސިޓީ އުރައިގެ ބޭރުގައި "ހުށައަޅާ ފަރާތުގެ ނަން" އަދި   "ސިޓީލާ ނީލަމުގައި ރުއް ގަތުމަށް އެދި" މިފަދައިން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅަން ވަޑައިގަންނަވާއިރު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނީލަމަށް އެންމެ ކުޑަކޮށް ހުށައެޅޭނެ އަގަކީ -/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ. މި ރުއްތައް ވިއްކާލަން ހަމަޖެހިފައިވަނީ، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށެވެ. މިތަކެތީގެ ނީލަން ނިމޭތާ 1 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު ރުއްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނެއެވެ. ފައިސާ ޖަމާކުރާނީ ދިޔަމިގިލީ ކައުންސިލްގެ ރެވެނިއު އެކައުންޓް ނަމްބަރު: 7725 700487 001 އަށެވެ. އަދި ފައިސާ ޖަމަޢުކުރިކަން އަންގައިދޭ ސްލިޕްކޮޅު ދިޔަމިގިލީ ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކަވައިފި ނަމަ، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް މި ރުއްތައް ވިއްކާލެވޭނެއެވެ. އަދި މި ތަރުތީބުން ކުރިއަށް ގެންދެވޭނެއެވެ. މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9906162 / 7886649 ނަމްބަރު ފޯނާއި ގުޅުއްވާ، ނުވަތަ [email protected]     އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2026
ހޯދާ