ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

ކެލާ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ކެލާ ކައުންސިލްގެ އިދާރާއަށް ތަކެތި ހޯދުމަށް ކުރެވުނު އިޢުލާން IUL)249-B/249/2016/9) ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ހޯދަންބޭނުންވާ ތަކެތި:

  • ސްކޭނަރ
  • ފިންގަރޕްރިންޓް މެޝިން
  • ޑިޖިޓަލް ކެމެރާ
  • ސައިނިންގ ޕެޑް

މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ، 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބައްދަލުވުން ނިމުމުގެ ކުރިން ހާޒިރުވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑްތައް ބަލައިގަތުން އޮންނާނީ 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބަލައިގަތުމަށް ހަމަޖެހިފައިވަނީ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ ބިޑްތައް އެކަންޏެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6500027 ނަންބަރު ފޯނާއެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ހުށަހަޅާ އަގު

80%

  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު
10%
  • ފަންނީ ގާބިލުކަންހުރި މިންވަރު
10%
25 ފެބުރުވަރީ 2016
ހޯދާ