ދިވެހިރާއްޖެ
ގަމުގެ އެކިސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކަރަންޓް ކޭބަލް (10 ކޭބަލް ރޯލް – 1000 މީޓަރ) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 09 ނޮވެމްބަރު 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
ޓުރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.
*އެކައުންޓް ނަންބަރ: 7707700315001
*ބިޑް ޑޮކިއުމަންޓް އަގު: 200/- (ދުވިސައްތަ ރުފިޔާ)
*ވައިބަރ ނަންބަރ: 7611515
*ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/o3xeeSZ5YjxupTha9
|
# |
|
ތަން |
ތާރީޙް |
ގަޑި |
|
1 |
ބީލަމުގައި ރަޖިސްޓުރީވުމަށް |
ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ވިއްކުން |
09 ނޮވެމްބަރު 2026 |
12:00 އަށް |
|
2 |
ބީލަން ހުށަހެޅުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.) |
15 ނޮވެމްބަރު 2026 |
13:00 ގައި |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 15 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.
