ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓް ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/59

ތާރީޚް

‏ 22 ޖުމާދިލްޢޫލާ 1448

 02 ނޮވެމްބަރ 2026

ލައިޓް ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުން

 

             މިކައުންސިލުންދޭ މަޢުލޫމާތާ ކުރެހުމާ އެއްގޮތަށް ރަށުގެ މަގުތަކުގައި ޖެހުމަށް 50 ލައިޓް ޕޯސްޓް ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުނވެއެވެ.

           ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ރެޖިސްޓްރޭޝަން ފީދެއްކި ސްލިޕް އާއެކު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

10 ނޮވެމްބަރ 2026

އަންގާރަ

14:00

ޕްރީބިޑް މީޓިންގް ބޭއްވުމުގެ ސުންގަޑި

12 ނޮވެމްބަރ 2026

ބުރާސްފަތި

10:00

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި

15 ނޮވެމްބަރ 2026

އާދީއްތަ

14:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

                                                           ލަމްއާން ވަޙިދު

                                                         ކައުންސިލްގެ ރައީސް                                                          

02 ނޮވެންބަރު 2026
ހޯދާ