ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުތީމުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި ނަންބަރު: (IUL)255/255/2025/34 އިޢުލާނާއި ގުޅިގެން ގޯތި ދޫކުރާ ސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާއިބެހޭ

މިކައުންސިލްގެ ނަންބަރ (IUL)252/255/2025/34 ( 28 ޖުލައި 2025 ) އިޢުލާނާއި ގުޅިގެން އުތީމުން ބަނޑާރަ ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން، އެސަރަޙައްދުގައި ހުރި ރުއްތަކުގައި ނަންބަރު 01 ން 236 އަށް ހުދުކުލައިގެ ދަވާދުން މިހާރު ވާނީ ނަންބަރު ޖަހާފައެވެ. ނަންބަރު ޖަހާފައިވާ ރުއްތަކުގެ އަގާއި އަދި ރުއްތައް ހިމެނޭ ސަރަޙައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ވީމާ، މި ރުއްތަކުގެ ވެރިފަރާތެއްވާނަމަ ލަސްނުކުރައްވައި 10 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ނުވަތަ މިކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

https://forms.cloud.microsoft/r/pWEzkncNPP

ނަންނޯޓް ކުރައްވާއިރު ރުކުގެ އަގާމެދު އެއްވެސް ޝަކުވާއެއް ހުށަހެޅުމަށް ބޭނުންފުޅުވެލައްވާނަމަ އެކަން ފޯމުގައި ބަޔާންކުރުމަށް ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ. އަދި، ދެވިފައިވާ މުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރާ ރުއްތައް ބަންޑާރަ ރުއްތަކުގެ ގޮތުގައި ކަނޑައެޅޭނެ ވާހަކަވެސް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ފޯން ނަންބަރު 6500038 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ނޮވެންބަރު 2026
ހޯދާ