ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޔަރ އެލާރމް ސިސްޓަމެއް ހޯދަން
އިޢުލާން
ކްރިމިނަލް ކޯޓަށް ފަޔަރ އެލާރމް ސިސްޓަމެއް ހޯދަން ބޭނުންވެގެން ކުރެވުނު 2016/34/SP-ފ145 (17 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، ފަޔަރ އެލާރމް ސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 09 ވަނަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ ކުރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހޯދަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ކުރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9883447 ނަންބަރާ ގުޅުއްވުން އެދެމެވެ.
08 ޖުމާދަލްއޫލާ 1437
29 ފެބުރުވަރީ 2016
ހޯދާ