ދިވެހިރާއްޖެ
ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުފޮތި ސެޓް ފަހައި އަދި ހަރުކުރުން
ގއ. ނިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ ދޮރުފޮތި ސެޓް ފަހައި ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކޮށްފައިވާ ނަންބަރު: 688-A/2026/15 (15 ސެޕްޓެމްބަރ 2026) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓް ކުރިއިރު މި މަސައްކަތަށް އެކަށީގެންވާ އަގުގެ ހުށަހެޅުމެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ރެޖިސްޓަރކުރުން:
ޢިއުލާނު ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނި/ ވިޔަފާރީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް، 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މިކޯޓުގެ އީމެއިލް، [email protected] އަށް ފޮނުއްވުން އެދެމެވެ.
ވީމާ، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތުޝީޓާއި އެއްގޮތަށް، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރީވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓަރނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ގަޑި: 16 ނޮވެމްބަރ 2026 | 13:30 އަށް
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
