އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ފުޓްބޯޅަ ޖާރޒީ ގަނެދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ފުޓްބޯޅަޖާރޒީ ގަނެދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުން ދޭ މިންގަނޑުތަކާ އެއްގޮތަށް މި ސްކޫލުގެ 4 ހައުސްގެ ސީނިއަރ، ޖޫނިއަރ އަދި މިނީ ޓީމުތަކަށް ފުޓްބޯޅަ ޖާރޒީބައި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.            

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 7 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ 2016 މާރިޗު 7 ވާ ހޯމަ ދުވަހުގެ 12:00 އާއި 13:00 އާ ދެމެދު މިމަރުކަޒުގެ ނަންބަރު 6680024 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަދި 2016 މާރިޗު 9 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އެދުވަހުގެ 13:30 ގެ ކުރިން މިމަރުކަޒުގެ އީމެއިލް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ފެބުރުވަރީ 2016
ހޯދާ