|
1. ކިޔަވައި ދިނުމާއި ގުޅޭ ރެކޯޑްސް އާއި ސްޓޫޓަންޓް ސަރވިސަސް / ސްޓޫޑަންޓް ސަޕޯޓްގެ މަސައްކަތް ކުރުން.
2. އައު އިންޓޭކާއި ކޮންމެ އެކަޑަމިކް ޓަރމަކަށް ތައްޔާރުވުމުގެ ގޮތުން، ދަރިވަރުންގެ ރެޖިސްޓްރޭޝަންގެ ކަންތައްތައް ބެލެހެއްޓުމާއި، ކިޔަވައިދިނުމުގެ އިންތިޒާމުތަކާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
3. ދާއިމީ ލެކްޗަރަރއަކު ނުހުންނަ ފެކަލްޓީތަކުގެ ކޯސްތަކުގެ ކޯޑިނޭޝަން މަސައްކަތް ކެމްޕަސް މެނޭޖަރުގެ ބެލުމުގެ ދަށުން ކުރުން.
4. ފައިނަލް އިމްތިޙާން އަދި އެހެނިހެން އިމްތިޙާންތަކުގެ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
5. ޔުނިވަރސިޓީއިން ހިންގާ ކޯސްތަކާބެހޭ މަޢުލޫމާތު އާއްމު ފަރާތްތަކަށް ދިނުމާއި، ކޯސް އެޕްލިކޭޝަން ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
6. ދަރިވަރުން ހުށަހަޅާ ސިޓީ އާއި މައްސަލަތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި، އޭގެ ޖަވާބު ދަރިވަރުންނަށް ފޯރުކޮށްދިނުން.
7. ކޯސްތައް ނިމޭ (ސެޓްފިކެޓް ލެވެލް/ޑިޕްލޮމާ ލެވެލް) ދަރިވަރުންގެ ސެޓްފިކެޓް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޓުޑަންޓް ސަރވިސް މެދުވެރިކޮށް ކުރުން.
8. އޮރިއެންޓޭޝަން ޕްރޮގްރާމްތަކާއި، ތަފާތު ރަސްމިއްޔާތުތަކާއި، ވޯކްޝޮޕްތަކުގެ އިތުރުން ކެމްޕަހުން ބާއްވާ އެކިއެކި އިވެންޓްތަކާއި މުޖުތަމަޢާ ގުޅިގެން ހިންގާ ޙަރަކާތްތައް ރާވައި، އިންތިޒާމުކޮށް ކޯޑިނޭޓްކުރުން.
9. ދަރިވަރުންގެ ޕެނަލް ބައްދަލުވުންތައް ކޯޑިނޭޓްކުރުމާއި، 'ސްޓޫޑަންޓް ވޮއިސް ބޮކްސް' ބެލެހެއްޓުމުގެ އިތުރުން 'ސްޓޫޑަންޓް ވޮއިސް ޕޮލިސީ' އާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.
10. ދަރިވަރުންގެ ޙަރަކާތްތައް ކޯޑިނޭޓްކުރުމާއި ގުޅުންބަދަހިކުރުން، އަދި ދަރިވަރުންގެ ޔޫނިއަންގެ ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
11. ދަނާލުގައި އުޅޭ ދަރިވަރުންގެ އެއްމެހާ ކަންކަން ބެލެހެއްޓުން.
12. ތަޢުލީމީ ޙަރަކާތްތައް މުއައްޒަފުންނާ ގުޅިގެން ކުރުމާއި އެހެން މުއައްޒަފުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
13. މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ނުރަސްމީގަޑީގައި އޮފީހަށް ނިކުތުން.
14. މަސައްކަތު މުވައްޒަފުން ސުޕަވައިޒްކުރުން
15. ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުއައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން
16. މީގެ އިތުރުންވެސް އޮފީހުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުން
|