ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގޭ ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހީންގެ ހަނދާންތައް އެއްކުރުމަކީ ޤައުމީ މަޝްރޫއެއްކަމުގައިވަނީ ކަނޑައަޅުއްވާފައެވެ. މި މަޝްރޫއުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ އުނިވާސިޓީއާ ގުޅިގެން ތަރިކައިގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ އެމް.ކިއު.އޭ، އެކްރެޑިޓް ކުރެވިފައިވާ ކޯހެއް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައްކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރެވޭ މޮޑިއުލްތައް ހިމެނިގެންދާނެއެވެ. މި ކޯސް ފެށުމަށް ގަސްތުކުރެވިފައިވަނީ އަންނަ ޖެނުއަރީ 2027 އިންޓޭކްގައެވެ. މި ކޯހުގައި 05 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ އޯލެވެލް ފުރިހަމަކޮށް ދިވެހި އަދި އިސްލާމް މި ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އުމުރުން 18 އަހަރާއި 25 އަހަރުގެ ފަރާތެއްކަމުގައިވުމެވެ. ރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

              ވީމާ، މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2026 ނޮވެންބަރު 15 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލްފޯމް ލިންކް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

 

ގޫގުލްފޯމް ލިންކް: https://forms.gle/VUSaSZngEUz8fooZ8

              

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                          

              22 ޖުމާދަލްއޫލާ 1448

              02 ނޮވެންބަރު 2026

02 ނޮވެންބަރު 2026
ހޯދާ