މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ. ތިލަފުށި އެމް.ޕީ.އެލް ކާރގޯ ޓާރމިނަލްގެ ޚިދުމަތް ދޭ ގަޑިތަކާގުޅޭ:
ކ. ތިލަފުށި އެމް.ޕީ.އެލް ކާރގޯ ޓާރމިނަލްގައި މުދާ ކްލިއަރކުރުމުގެ ޚިދުމަތަށް އެދި، ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ކުރެއްވޭނެ އެންމެ ފަހުގެ ވަގުތަކީ އެދުވަހެއްގެ ހެނދުނު 08:00 އެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން މެންދުރުފަހު 14:00 ގެ ނިޔަލަށް، މުދާ ބަލައިފާސްކޮށް ދޫކުރުމުގެ މަސައްކަތް އެ ޓާރމިނަލްގައި ކުރިއަށްދާނެއެވެ. މުދާ ބަލައިފާސްކުރުމުގެ މަސައްކަތް ފެށޭނެ އެންމެ ފަހު ވަޤުތަކީ، މެންދުރު 13:00 ކަމުގައިވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ނޮވެންބަރު 2026
ހޯދާ
