ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަލާލުއްދީން ސްކޫލްގެ 01 ފާހާނާ ބްލޮކް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
- މި ސްކޫލްގެ 01 ފާހާނާ ބްލޮކް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ނޮވެމްބަރ 12 ވާ ބުރާސްފަތި ދުވަހު 14:00 ގެކުރިން ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް: https://forms.gle/9MQkq16go5nPhpVs5
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހަޅުއްވަންވާނީ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 18 ވާ ބުދަ ދުވަހުގެ 14:00 ގައި ޖަލާލުއްދީން ސްކޫލް އޮފީހުގައެވެ.
ނޯޓް : އަންދާސީހިސާބު ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
02 ނޮވެންބަރު 2026
ހޯދާ
