އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ޑަބަލް ކެބް ޕިކަޕެއް ގަތުމަށް

އިޢުލާން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިންގ އޮޕަރޭޝަންގައި ބޭނުންކުރުމަށް ބްރޭންޑް ނިއު، ޑަބަލް ކެބް ޕިކަޕެއް ގަތުމަށް ބޭނުންވެއެވެ.

މިތަކެތި މިކުންފުންޏަށް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 9 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ (މަޖީދީމަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ތަކެތި މިކުންފުންޏަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 16 މާރިޗު 2016 ވާ ބުދަަ ދުވަހުގެ 13:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ