ދިވެހިރާއްޖެ
ހއ. ކެލާ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި "ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1448"، 2026 ނޮވެންބަރު 19 އިން 2026 ނޮވެންބަރު 21 އަށް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން، ޖުމްލަ 07 ޢުމުރު ފުރާއަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ވިމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ނޮވެންބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޖުމާދަލްޢޫލާ 1448
02 ނޮވެންބަރ 2026
