ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު އިރުން ގޯތިދޫކޮށްފައިވާ ސަރަޙައްދުގައިވާ ރުއްގަސްތަކާއިބެހޭ:

                                           

                   އިޢުލާން

                                          ނަމްބަރ: (IUL)413/413/2026/60

 

ގަބުރުސްތާނު އިރުން ގޯތިދޫކޮށްފައިވާ ސަރަޙައްދުގައިވާ ރުއްގަސްތަކާއިބެހޭ:

 

                    ރަށުގެ ގަބުރުސްތާނު އިރުން ގޯތި ދޫކޮށްފައިވާ ސަރަޙައްދުގެ މަގުތަކަށްއަރާ، ވެރިފަރާތެއް ނޭނގޭ ބައެއް ރުއްގަސްތަކެއް އެބަހުއްޓެވެ. އެސަރަޙައްދުގެ މަގުތައް ހަދާއިރު ރުއްތަކާއި، ގަސްތައް ކަނޑާލުމަށް ބޭނުންވެއްޖެ ހިނދެއްގައި،  ކަނޑާލެވޭނެތީ، މިރުއްގަހުގެ ވެރިފަރާތެއް ވާނަމަ 05 ނޮވެމްބަރ 2026 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މިއިދާރާއަށް އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވާނަމަ، ބަންޑާރަ ރުއްގަސްތަކެއް ކަމަށްބަލައި އެރުއްގަސް ނައްތާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.

                    02 ނޮވެމްބަރ 2026  

 

 

 

                                           އިސްމާޢީލު ޔާމީން

                                          ކައުންސިލްގެ ރައީސް

02 ނޮވެންބަރު 2026
ހޯދާ