ދިވެހިރާއްޖެ
އިޢުލާން
ރުކުގެ ވެރިފަރާތް ހޯދުމާގުޅޭ އިޢްލާނަށް މުއްދަތު އިތުރުކުރުމާ ގުޅޭ
މި އިދާރާގެ ނަންބަރު 393/393/2026/70(IUL)(20 އޮކްޓޯބަރު 2026) އިޢުލާނުގެ މުއްދަތު 8 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.
ބީޗު ސަރަހައްދު ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކޮށްފައި އޮތް ސަރަހައްދުގައި 1 ން 7 ކަށް ނޫ ކުލައިގެ ދަވާދުން ނަންބަރު ޖަހާފައި ހުރި ރުއްތަކުގެ ވެރިފަރާތުން މި އިދާރާގެ އެކިއެކި ކަންކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތާރީޚްގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ފޯމު ހުށައަޅުއްވާއިރު ރުކުގެ ވެރިފަރާތުގެ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރާއި، ރުކުގެ ކަނޑާ ނަންބަރު ހިމެނުއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތުގެ ގޮތުގައި ހުށައަޅުއްވާފައިނުވާ ރުއްތަކަކީ ރައްޔިތުންގެ ރުއްތަކެއްގެ ގޮތުގައި ބަލައި އެރުއްތައް ކަނޑާލުމުގެ އިޚްތިޔާރު މިއިދާރައަށް ލިބިގެންވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޖުމާދުލްއޫލާ 1448
