ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަތުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން

ފ. ދަރަނބޫދޫ ކައުންސިލުގެ ބޭނުންތަކުގައި ބޭނުންކުރުމަށް 2 ޓަނުގެ ބަރުދަން އުފުލޭ، ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭ ޕިކަޕެއް ގަތުމަށް ކުރި ނަންބަރު: IUL)373/INDIV/2016/5)ފ(08 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  1. ބަރުދަން: 2 ޓަން
  2. ޕަވަރ ސްޓީރިން (ހުންގާނަ ސްޓަމް)
  3. ހަކަތަ: ޑީސަލް
  4. ޓޮޔޯޓާ
  5. ޑަބަލު ވީލު (ތިރި)

ވީމާ، ޕިކަޕު މިއިދާރާއަށް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ