ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ކޮންޓްރެކްޓް އުސޫލުން އަމިއްލަތަކެތީގައި މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރު 10 ވާ އަންގާރ ދުވަހުގެ މެންދުރު 12:00 ގެކުރިން އީމެއިލް މެދުވެރިކޮށް މިސްކޫލަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރާއިރުގައި ރަޖިސްޓްރީކުރަންބޭނުންވާ ފަރާތުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ. މީގެއިތުރުން ފޮނުވާ އީމެއިލް ޕްރޮޖެކްޓްގެ ނަން ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ކަރުދާސް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
ބިޑް ހުޅުވުން އޮންނާނީ 18 ނޮވެމްބަރު 2026 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ތ. އަތޮޅު ތަޢުލީމީ މަރުކަޒު
ތ. ތިމަރަފުށި، ދިވެހިރާއްޖެ
ފޯން: 6780015
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
