ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރިންޓަރ ޓޯނަރ އަދި ކަރުދާސް ރީމް ގަންނަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިހޮސްޕިޓަލަށް ބޭނުންވާ ޕްރިންޓަރ ޓޯނަރ އަދި ކަރުދާސް ރީމް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ