ދިވެހިރާއްޖެ
ފިއުލް ޝެޑެއް ހެދުމަށް ބިން ކުއްޔަށްދޫކުރުމާއި ގުޅޭ
ލޭންޑް ޔޫސް ޕްލޭންގެ 60.1 ބިމުގެ ތެރެއިން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދުން 3000 (ތިންހާސް) އަކަފޫޓުގެ ބިން 20 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިންކުގައި ނުވަތަ މިއިދާރާއަށް ދުރުވެ 02 ނޮވެމްބަރ 2026 ވަނަ ދުވަހުން ފެށިގެން 10 ނޮވެމްބަރ 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
|
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
|
ބިޑު ފޯމް ވިއްކުން (ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 5000.00 (ފަސްހާސްރުފިޔާއަށް ) |
2 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުން ފެށިގެން 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލް އިދާރާއިން |
|
ޕްރީބިޑް މީޓިން |
12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަސް |
މެންދުރު 11:00 |
ހިންމަފުށީ ކައުންސިލް އިދާރާ |
|
ބިޑު ހުށަހެޅުން ( ޕްރޮޕޯސަލް ހުށަހެޅުން ) |
18 ނޮވެމްބަރ 2026 ވާ ބުދަ |
މެންދުރު 13:00 |
ހިންމަފުށީ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
ލިންކް: https://forms.gle/jrS4c5cacz5gtUN46
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.
