ދިވެހިރާއްޖެ
މި ކޮމިޓީން ރަށުގެ ކަނބަލުންގެ ދުޅަހެޔޮކަމާއި ފިޓްނަސް އިތުރުކުރުމުގެ މަޤްޞަދުގައި އުމުރުން 18 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ޙާއްސަކޮށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ "ދުޅަހެޔޮ ކަމަނަ" ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރ 05 އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށެވެ.
މި ޕްރޮގްރާމްގައި ހޮވޭ ވަނަތަކާއި އިނާމްތައް:
1. ބަރުދަން އެންމެ ބޮޑަށް ލުއިކުރި ފަރާތް:
1 ވަނަ: -/3,000 ރުފިޔާ
2 ވަނަ: -/2,000 ރުފިޔާ
3 ވަނަ: -/1,000 ރުފިޔާ
2. އެއްވަރެއްގައި ބަރުދަން ހިފެހެއްޓި ފަރާތަށް: -/500
3. ހާޟިރީ އެންމެ ރަނގަޅު 2 ބައިވެރިޔަކަށް: -/500
*އެއްވެސް ވަނައެއް އެއްވަރުވެއްޖެނަމަ ވަނަ ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ވީމާ، މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ކަނބަލުން 2026 ނޮވެމްބަރ 04 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
https://forms.gle/EbCxghoVqG1xcaVR9ލިންކް:
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
21 ޖުމާދަލްއޫލާ 1448
