ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ ހިންގުމާ ގުޅޭ

ޢިއުލާން

ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ ހިންގުމާ ގުޅޭ

 

ޕްރޮގްރެސް ޓު އަ ޤުރުއާނިކް ލައިފްސްޓައިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، "ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ" 2026 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވެބިނާރގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ވީހާވެސް ގިނަ ފަރާތްތަކަކަށް ފަސޭހަކަމާއެކު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ޤުރުއާނުގެ ޢިލްމުތަކާއި، ތަޖުވީދުގެ ހަމަތަކާއި، ރީތިކޮށް ތިލާވަތުކުރުމުގެ އުޞޫލުތަކުގެ އިތުރުން ހިފްޡުކުރުމުގެ މުހިންމު ހުނަރުތައް އުނގަންނައިދީ، ޤުރުއާނުގެ އަހުލުވެރިންގެ ގޮތުގައި ކުރިއަށްދިއުމަށް ދިވެހި ދަރިވަރުންނަށް ހިތްވަރުދީ، މަގުދައްކައިދިނުމެވެ.

ވެބިނާރގެ ތަފްޞީލު:

  • އަމާޒުކުރެވޭ އުމުރުފުރާ: ޤުރުއާން އުނގެނުމަށް ޝައުޤުވެރިވާ 13 އަހަރުން މަތީގެ ކޮންމެ ފަރާތެއް (އަންހެން އަދި ފިރިހެން)
  • ޖުމްލަ ވަގުތު: 14 ގަޑިއިރު
  • ތާރީޚު: 08 ނޮވެމްބަރު 2026 އިން 14 ނޮވެމްބަރު 2026 އަށް
  • ގަޑި: ރޭގަނޑު 19:45 އިން 21:45 އަށް
  • ކުރިއަށްދާނެ ގޮތް: އޮންލައިންކޮށް
  • ބައިވެރިވުމުގެ ފީ: -/150 ރުފިޔާ

ވީމާ، މި ވެބިނާރގައި ބައިވެރިވެލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 04 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޙައްވާ ޢައިފާ އިސްމާޢީލް (ފޯނު ނަންބަރު: 9977993) އާ ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

މި ވެބިނާރއާ ގުޅޭ އިތުރު މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

21 ޖުމާދުލްއޫލާ  1448

01 ނޮވެމްބަރު  2026

01 ނޮވެންބަރު 2026
ހޯދާ