މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމުގެ މަގުބައްތި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، 1500 މީޓަރ ކޮންސިއުމަރ ކަރަންޓް ކޭބަލް ((2core, 6sqmm ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް(02 ވަނަ ފަހަރު).

        މި ކައުންސިލްގެ ނަންބަރު:(IUL)301-AS/301/2026/74  (18 ޢޮކްޓޯބަރ 2026) އިޢުލާނާއި ގުޅިގެން އިޖާބާދީ ހުށަހެޅި ފަރާތުން އެމަސައްކަތް ދޫކޮށްލުމާއި ގުޅިގެން ރ. އަނގޮޅިތީމުގެ މަގުބައްތި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، 1500 މީޓަރ ކޮންސިއުމަރ ކަރަންޓް ވަށްކޭބަލް ((2core, 6sqmm  ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް  02ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

        މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރާ ފޯމް ފުރުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ނުވަތަ މެއިލް ކުރައްވާނަމަ [email protected] އަށް ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރަޖިސްޓްރީ ކުރާ ފޯމް އެއްކަރުދާސް ކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ނޮވެމްބަރ 08 ވާ އާދިއްތަ ވާ ދުވަހުގެ މެންދުރު 13:30 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

        މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 4000031 ފޯނާ ގުޅުއްވުން އެދެމެވެ.

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %90
  • ފޯރުކޮށްދެވޭނެ މުއްދަތު

                ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

01 ނޮވެންބަރު 2026
ހޯދާ