އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މުބާރާތަށް ކެންޓީންގެ ފުރުސަތު ހުޅުވާލުން

އިޢުލާން 

އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މުބާރާތަށް ކެންޓީންގެ ފުރުސަތު ހުޅުވާލުން

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026" ގެ ނަމުގައި 2026 ނޮވެންބަރު 03 އިން ފެށިގެން 2026 ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު 14:00 އިން ރޭގަނޑު 23:00 އަށް އައްޑޫ ހިތަދޫ ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އެހެންކަމުން، މުބާރާތް ކުރިއަށްދާ ވަގުތު ބެޑްމިންޓަން އެރީނާ ސަރަހައްދުގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 02 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 03 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ފޮނުވައި ދެއްވުން އެދެމެވެ.

ލިންކް: https://forms.gle/VGKVCrZ1FV3MTNKH6

ވަގުތު ހަމަވާއިރު 02 ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 02 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި އިދާރާއިންނެވެ. އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ކަރަންޓު ނެގޭނެ އިންތިޒާމް މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

                                           21 ޖުމާދަލްއައުލާ 1448

                                           01 ނޮވެންބަރު 2026

 

 

01 ނޮވެންބަރު 2026
ހޯދާ