އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުކޮށްދޭނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

އައި.ޖީ.އެމް. އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ކޮމިއުނިޓީ ފިޒިއޮތެރަޕީ އައުޓްރީޗް ޕްރޮގްރާމުގެ ދަށުން އދ. މަންދޫއަށް ވަޑައިގަންނަވާ ޑޮކްޓަރުންގެ ޓީމާއި ކައުންސިލް މުވައްޒަފުންގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ދަތުރު ކުރުމަށް ބޭނުންވާ ދުވަސްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.

ދަތުރުގެ ތާވަލު:

01-   މަންދޫއިން މަހިބަދޫއަށް: 10 ނޮވެމްބަރު 2026 (އަންގާރަ) ދުވަހު ހެނދުނު 11:00

02-  މަހިބަދޫއިން މަންދޫއަށް: 11 ނޮވެމްބަރު 2026 (ބުދަ) ދުވަހު ހެނދުނު 11:45

03-  މަންދޫއިން މަހިބަދޫއަށް: 13 ނޮވެމްބަރު 2026 (ހުކުރު) ދުވަހު ހެނދުނު 11:00

04-  މަހިބަދޫއިން މަންދޫއަށް: 14 ނޮވެމްބަރު 2026 (ބުދަ) ދުވަހު ހެނދުނު 11:45

 

ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

01 ނޮވެންބަރު 2026
ހޯދާ