ދިވެހިރާއްޖެ
ޤަބުރުސްތާން ދިލާސާފުރުމާއި ބެހޭ
އދ. މަންދޫ ޤަބުރުސްތާން ދިލާ ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފިރިހެން ބޭފުޅަކަށް އެފުރުސަތު އޮތްވާހަކަ ދަންނަވާލަމެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައެވެ.
މަސައްކަތް ކުރިޔަށް ދާނެގޮތް
- މަސައްކަތް ކުރިޔަށް ދާނީ 2 (ދޭއް) ދަންފަޅިއަކަށް ބަހާލައިގެން
- ފުރަތަމަ ދަންފަޅީގެ މަސައްކަތް ކުރިޔަށް ދާނެ ގަޑިއަކީ ހެނދުނު 08:30 އިން 11:00 އަށް
- ދެވަނަ ދަންފަޅީގެ މަސައްކަތް ކުރިއަށް ދާނެ ގަޑިއަކީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް
- މަސައްކަތުގެ އަގަކީ މަސައްކަތަށް ނިކުންނަ ކޮންމެ ދަންފަޅިއަކަށް -/150 ރުފިޔާ (ދެ ދަންފަޅީގައި މަސައްކަތް ކޮށްފިނަމަ ދުވާލަކު 300/- ރުފިޔާ)
އެހެންކަމުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30 އަށް ކުރީގެ މިސްކިތާއި ވީ ފަރާތުން ޤަބުރުސްތާން ކަންމަތި ސަރަހައްދަށް ޚާޒިރުވެލެއްވުން އެދެމެވެ. އަދި ވަޑައިގެންނަވާއިރު އައި.ޑީ. ކާޑު އަދި މިމަސައްކަތުގެ އަގު ނެގުމަށް ބޭނުންވާ ބޭންކް އެކައުންޓްގެ މަޢުލޫމާތު ހިފައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
