މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި ގޯޅިތައް ސާފުކުރުމާއިބެހޭ

ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށުގެ މަގުތަކާއި ، ގޯޅިތައް ސާފުކޮށް މަގު ބޭނުންކުރުމުގައި އުނދަގޫވާގޮތަށް 10 ފޫޓަށް ވުރެ ތިރިއަށް ހުންނަ ރުއްތަކުގެ ފަންތަކާއި ގަސްތަކުގެ އަފިތައް ކޮށުމަކީ ގޭގެ ވެރިފަރާތްތަކުގެ ޒިންމާއެކެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މީހުން ދިރިއުޅޭ ގެތަކާއި ، ބައެއް ފަޅު ގޯތިތަކުގެ މަގާއި ގޯޅިތައް އެންމެ އެކަށީގެންވާ ގޮތަށް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ކައުންސިލަށް ފާހަގަ ކުރެވެއެވެ. ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮންނަ ވަރަށް ރީތި އާދައަކަށްވެފައި މިކަމަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި ، ރަށުތެރޭގެ ޒީނަތްތެރިކަމަށްވެސް ވަރަށް މުހިއްމު ކަމަކަށްވާތީ ، ކައުންސިލްގެ އަމާޒަކީ މިކަން ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ ގޮތަކަށް އިންތިޒާމްކުރުމެވެ. އަދި  މިކަމުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ކައުންސިލުން ބޭނުންވެއެވެ.

                  ވީމާ ، 2026 ނޮވެމްބަރ 19ގެ ނިޔަލަށް ހުރިހާ ގެއެއްގެ މަގާއި ގޯޅި ތަކާއި ، މަގަށް އުނދަގޫވާގޮތަށްހުރި ރުއްގަހުގެ ފަންތަކާއި އަފިތައް ކޮށުމަށާއި، މަގާއި ގޯޅީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ހުރިހާ މުވައްސަސާތަކާއި ،ކްލަބް ޖަމިއްޔާ ޖަމާޢަތްތަކާއި ، މީހުން ދިރިއުޅޭ ގޭގެއާއި ، ފަޅުގޯތިތަކުގެ ވެރިންނަށް އަންގަމެވެ. އަދި ވަކިން ހާއްސަކޮށް ރަށުގައި ޖަހާފައި ހުންނަ މަގުބައްތިތަކުގެ އަލި މަގުމައްޗަށް ފުރިހަމައަށް ލިބޭނެހެން އަބަދުވެސް މަބުބައްތިތައް ކައިރީ ހުންނަ ގަސްތައް ކޮށާފައި ބެހެއްޓުމަށް ހުރިހާ ފަރާތްތަކަކަށް އަންގަމެވެ. އަދި މި ފުރުސަތުގައި ކައުންސިލުން އަންގާ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ.

                  ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

01 ނޮވެންބަރު 2026
ހޯދާ