ދިވެހިރާއްޖެ
އިޢުލާން
ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން"އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ ސުރުޙިގައި ދަންނަވާފައިވާ މަޝްރޫއުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ޙިއްޞާއާއި ވާދަވެރިކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން ތިރީގައި މިދަންނަވާ 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ޝަރުޠުހަމަވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
ގްރާންޓް ދާއިރާ 3. ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް |
މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމް ކުރުމަށް. |
|
ގްރާންޓް ދާއިރާ 4.ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް
|
މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމުރާނީ ތަރައްގީއަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިނގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމްތަކާއި، އުމްރާނީ ތަރައްޤީކުރުމަށް
|
|
ގްރާންޓް ދާއިރާ 5. މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް |
މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މެރިކަލްޗަރ ދާއިރާއިން އަލަޑް ފަށައިގަންނަ އަދި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްޤީކުރުމަށް. |
|
ގްރާންޓް ދާއިރާ 6. ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް
|
މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަހުގެ ބާވަތްތަށް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްޤީގެ މަޝްރޫޢު ހިންގުމަށް |
|
ގްރާންޓް ދާއިރާ 7. އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް
|
މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމާއި، ސިންދަފާތުކުރުމަށް މަގުފަހިކޮށްދިނުމަށް ( މި ފައިނޭންސިންގ ގައި، އަހެނުންނާއި، ޒުވާނުންގެ ވިޔާފާރިތަކަށް ޙާއްސަ ސަމާލުކަމެއް ދެވޭނެ. |
ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތު:
މި ގްރާންޓަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް ޕޯޓަލް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް ބެލޭނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ގްރާންޓަށް ކުރިމަތިލުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެގޮތުން ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭ ގޮތް އަދި ސުންގަޑި:
މި ގްރާންޓަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިމިވާ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ޕޯޓަލް:https://aaruveri.fishagriocean.gov.mv
މަޢުލޫމާތު ސާފުކުރުން:
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033493 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
