ދިވެހިރާއްޖެ
މާއެނބޫދޫ ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައި ސްކޫލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ނޮވެންބަރު 01 ން 2026 ނޮވެންބަރު 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00އިން 13:30އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މައުލޫމާތު ދިނުން އޮންނާނީ 2026 ނޮވެންބަރު 08 ވަނަ ދުވަހުގެ 13:45ގައި މާއެނބޫދޫ ސްކޫލް އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ނޮވެންބަރު 12 ވަނަ ދުވަހުގެ 10:00 ގައި މާއެނބޫދޫ ސްކޫލްގައެވެ.
މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާއެނބޫދޫ ސްކޫލް
ނައިބުތުއްތުމަގު
ދ. މާއެނބޫދޫ، ދިވެހިރާއްޖެ.
ފޯން: 6760608 / 7663625
އީ-މެއިލް: [email protected]
